Back to Recipes
Updated: Jul 24, 2026 Chicken Dish

ޗިކަން ޓިއްކާ މަސާލާ

About this Recipe

ފަސޭހަ،ރަހަމީރު ޗިކަން ޓިއްކާ މަސާލާ

Preparation Steps

1
ކުކުޅު މެރިނޭޓް ކުރުން: ބޮޑު ބޯތަށްޓެއްގައި، ޔޯގަޓް، ލުނބޯ ހުތް ގަރަމް މަސާލާ، ދިރި، ކޮތަނބިރި، ރީނދޫ، ޕެޕްރިކާ، ކެޔަން ޕެޕަރ، ލޮނުމެދު އަދި އިނގުރު އެއްކުރާށެވެ. ދެން ކުކުޅުތައް އެޅުމަށްފަހު ރަނގަޅަށް އެއްކުރާށެވެ. އެއަށްފަހު މަތިޖެހުމަށްފަހު މަދުވެގެން 1 ގަޑިއިރު، (އެންމެ ރަނގަޅީ ރޭގަނޑު އެއްކޮށް) އައިސްއަލަމާރީގައި ބަހައްޓާށެވެ.
2
ކުކުޅު ގްރިލް ކުރުން: ފުރަތަމަ ގްރިލް ނުވަތަ ބްރޮއިލަރ ހޫނުކުރާށެވެ. މެރިނޭޓް ކޮށްފައިވާ ކުކުޅުތައް ސްކިއުވަރސް ގޮތައް އެތުރުމަށްފަހު ކޮންމެ ފަރާތެއް 5-7 މިނެޓް ވަންދެން ގްރިލް ކުރާށެވެ. ނުވަތަ 400°F (200°C) ގައި 20-25 މިނެޓް ވަންދެން އަވަން ތެރޭގައި ބަހައްޓާށެވެ. ފަރާތް ބަދަލުކުރާނީ އެއްފަހަރުއެވެ.
3
ގްރޭވީ ތައްޔާރުކުރުން: ފުރަތަމަ ބޮޑު ތަށްޓެއްގައި، މެދު ހޫނުމިނެއްގައި ތެޔޮ ނުވަތަ ގިތެޔޮ ހޫނުކުރާށެވެ. ދެން ފިޔާ އެޅުމަށްފަހު ރަތްވަންދެން 5-7 މިނެޓް ވަންދެން ހާކާށެވެ. ލޮނުމެދާއި އިނގުރު އިތުރުކުރުމަށްފަހު އިތުރު 2 މިނެޓް ވަންދެން ހާކާށެވެ. އެއަށްފަހު ދިރި، ކޮތަންބިރި، ގަރަމް މަސާލާ، ރީނދޫ، ޕެޕްރިކާ އަދި ކެޔަން ޕެޕަރ އިތުރުކުރާށެވެ. މަސާލާތައް ރޯސްޓް ކުރުމަށް 1-2 މިނެޓް ވަންދެން ހާކާލާށެވެ.
4
ގްރޭވީ ކެއްކުން: ކުދިކޮށް ކޮށާފައިވާ ޓޮމާޓޯތައް އެއްކުރުމަށްފަހު 10 މިނެޓް ވަންދެން ދޭތެރެދޭތެރެއިން ހާކަމުން ކައްކާށެވެ. ދެން ހޫނުމިން ދަށްކުރަމުން ހާކަމުން ހެވީ ކްރީމް އަޅާށެވެ. ގްރޭވީ އޮލަވަންދެން އިތުރު 10 މިނެޓް ވަންދެން ކައްކާށެވެ.
5
އެއްކޮށް ތައްޔާރުކުރުން: ގްރިލް ކޮށްފައިވާ ކުކުޅު ގްރޭވީއަށް އަޅާލުމަށްފަހު އިތުރު 10 މިނެޓް ވަންދެން ކައްކާލާށެވެ. ދެން ސިލާންޓްރޯ ބޭނުންކޮށްގެން ޒީނަތްތެރިކުރުމަށްފަހު ސާރވް ކުރާށެވެ.

Overview

Prep Time
20
Cook Time
45
Difficulty
Easy
Servings
6

Ingredients

ކުކުޅު މެރިނޭޑް އަށް:
ގްރޭވީ އަށް:

Share Recipe

Share ޗިކަން ޓިއްކާ މަސާލާ with friends!

1 / 1
Enlarged